English Edition
Dhivehi Edition

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އޯގާތެރި ވެރިއެއްކަން ސާބިތުކޮށްދެއްވައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފާރިސް މައުމޫންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައި، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވި ކަމުގެ ބޮޑެތި ތުހުމަތު ކުރެވޭ މީހުންނާ މެދުވެސް މިއަދު އޯގާތެރިކަމާއެކު އަމަލު ކުރެވެމުން ދިޔުމުން، ރައީސްގެ އޯގާތެރިކަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ ފާރިސް މައުމޫނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުން ފާރިސް މައުމޫނަށް ވޯޓު ދެއްވުމަށް ވެސް ނަިއބް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ނައިބު ރައީސް ފައިސަލްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުވެސް، މިރޭ ބޭއްވި ފާރިސްގެ ކެމްޕެއިން ހަފްލާގައި ބައިވެރިވެވަޑައި ގެންނެވިއެވެ.