English Edition
Dhivehi Edition

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއެމްއާރު) ގެ ރައީސް، އަހުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ރަސްމީކޮށް އިއުލާނުކުރައްވައިފި އެވެ.

ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ވެސް ހަމަކުރައްވައިފަ އެވެ.

ފާރިސް މައުމޫންގެ އިންތިޚާބީ އެޖެންޓެއްގެ ގޮތުގައި ކަނޑައެޅުއްވީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޒަބީހްއެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް އެެންމެ ފުރަތަމައަށް ފާރިސް ނިންމެވީ އެމްއެމްއާރުގެ ޓިކެޓްގައެވެ. އެހެންނަމަވެސް 3000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލަ އޮތީ ސިވިލްކޯޓްގައެވެ.

ފާރިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރުއެމަށް ދެއްވައިފަ އެވެ.ނަމަވެސް، މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމުން ވަނީ އެ ދައުވަތު ގަބޫލުނުކުރަން ނިންމައިފަ އެވެ.