English Edition
Dhivehi Edition

އާރަށުގައި ރީތި ތަނެއް ހުރީއްޔާ އެތަން ވާނީ ސިފައިންގެ އިމާރާތަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ

މުއާޒް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާއްމުކުރެއްވި، އާރަށުގައި ތިން ބުރި އަށް ހަދާފައިވާ އިމާރާތުގެ ފޮޓޯ އާއި އެކު ގިނަ ބަޔެއްގެ މެދުގައި ގަދައަށް ބަހުސް ކުރެވެމުން ދަނިކޮށެވެ. މަހްލުފް އާއްމުކުރެއްވި ފޮޓޯ އާއި އެކު ވިދާޅުވީ މި އިމާރާތަކީ ވަށައިގެން ސިފައިންނާއި ފުލުހުން އަތުރައިގެން ކޯޓުތަކުން ހަރާމް ހުކުމްތައް ކުރައްވައިގެން ގަދަ ބާރުން މުޅި އުމުރަށް ވެރިކަމުގައި ހުރެވޭނެ ކަމަށް އާރަށުގައި ޔާމީން އަޅުއްވާފައިވާ ގަނޑުވަރެއްކަމަށެވެ

މަހްލޫފްގެ ވާހަކައަށް ރައްދު ދެއްވަމުން މުއާޒް ވިދާޅުވީ އާ ރަށުގައި ހަދާފައިވާ އިމާރަތްވާނީ ސިފައިންގެ އިމާރާތެއް ކަމަށާއި ރައީސް ޔާމީން ވަޑައިގަންނަވަނީ އެ ވިދާޅުވާ ‘ގެކޮޅު’ ހިފައިގެން ނޫންކަމަށެވެ. އަދި ދެން ވެރިކަމަށް އަންނަ ރައީސަކު އެތާން ބޭނުން ނުކުރާނީތޯ ވިދާޅުވެ މުއާޒް ވަނީ ސުވާލުކުރައްވާފައެވެ. “އަދުގެ ޒުވާނުންނަށް ސިޔާސީ ވާހަކަ ކިޔާދެއްވާއިރު މިއަށްވުރެ ހޭލުންތެރިވާން ނުވޭތޯ؟” މުއާޒް ވިދާޅުވިއެވެ .