English Edition
Dhivehi Edition

ބޭނުންފުޅުވާ މަގާމެއް ސަރުކާރުގެ ތެރޭގައި ނެތް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ހައްގު މިންވަރު ހޯއްދަވައިދެއްވުމަކީ އަބަދުވެސް އެދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

ހއ. ދިއްދޫގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އަބަދުވެސް އަމާޒަކަށް ވެފައިވަނީ އަދި ވާނީ ވެސް ރައްޔިތުންނާއެކު މިމަސައްކަތުގައި ދެމި ހުރުންކަމަށާއި ތަރައްގީގެ މަސައްކަތުގައި ކެނޑިނޭޅި އުޅުންކަމަށެވެ. “އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑު މި މަސައްކަތް ކުރަމުން ގެންދާނަން” ނަޝީދު ވިދާޅުވިއެވެ

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދިވެހިން އެދޭ ދިރިއުޅުން ހޯދައިދެއްވާނީ އިސްލާމް ދީނުގެ އުސޫލުތަކުގެ ތެރެއިން ތަނަވަސް ދިރިއުޅުމެއް ހޯދައި ދީގެންކަމަށެވެ

ރައީސް ނަޝީދަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފައި ވާއިރު ނަޝީދު ވިދާޅުވީ އެމަނިކުފާނު މިނިވަންވެ ވަޑައިގެން އާއިލާއާއެކު ރާއްޖޭގައި މިނިވަންކަން މަތީ އުޅުއްވުމުގެ ފުރުސަތު ހޯދައިދެއްވީ ދިވެހި ރައްޔިތުން ކަމަށެވެ.