އައްޑޫގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފިނަމަ، ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީވެގެން ނުދާނެ ކަމަށް އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ
ސޯބެ ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރަކީ އައްޑޫ އަށް ފަނާކުރުވަނިވި ހަތް އަހަރު ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރު އައްޑޫ ރައްޔިތުންނަށް ތަރައްގީ ހޯއްދަވައި ދެއްވި އިރު، އައްޑޫ ރައްޔިތުންގެ އުންމީދަކީ އާ ސަރުކާރުގައި މިކަން ތަކުރާރުވުންކަމަށެވެ
މީގެ އިތުރުން ސޯބެ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން އިދިކޮޅު ކޯލިޝަނަށް އެންމެ ގިނަ ވޯޓު ދިން ބަޔަކީ އައްޑޫކަމަށެވެ. އެހެންކަމުން މިކަން ބޮލާލައި ޖަހައި މި ކޯލިޝަނުން އައްޑޫ ސިޓީއަށް ރަނގަޅު ގޮތެއް ނުވެއްޖެނަމަ، ދެން ރާއްޖޭގެ އެހެން ރަށެއް ތަރައްގީވާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ސޯބެ ވިދާޅުވިއެވެ
“އައްޑު އަށް ތަރައްގީ ނުގެނެސްފިނަމަ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމަށް އެއްވެސް ލުޔެއް ލިބޭނެ ކަމަށް ގަބޫލެއް ނުކުރަން ރަށްރަށުގައި ދިރިއުޅޭ މީހުން މާލޭގައި ވަޒަންވެރިވަނީ ރަށްރަށުން ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ނުލިބޭތީ”ސޯބެ ވިދާޅުވިއެވ