English Edition
Dhivehi Edition

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އި ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ

ނަޝީދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދަށް އާއިލާ އާއެކު އުޅެވެނެ ގޮތް ތަނަވަސްކޮށްދޭން ޖެހޭ ކަމަށާއި އެދެބޭފުޅުން ޖަލަށްލެވުނީ ނުހައްގު ޝަރީއަތެއް ހިންގުމަށްފަހު ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެއްްވެސް މީހަކަށް އަދި ބަޔަކަށްވެސް ބޭއިންސާފުން އަނިޔާ ލިބުމަކީ އެ މަނިކުފާނުގެ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫންކަމަށެވެ

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލައްލާފައިވަނީ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ

.