English Edition
Dhivehi Edition

ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަން ހަވާލުކުރި ބޭރުގެ ކުންފުނިން އެ ތަން ދޫކޮށްލައިފިއެވެ

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލެވެ. އަދި މި ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީއާ އެވެ

މި އަހަރުގެ މާޗް 1 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގަމުން އައީ އެ ދެ ކުންފުނިން އެ ހޮސްޕިޓަލް ހިންގުން ހުއްޓާލުމަށްފަހު ދިޔަ ސަބަބެއް އަދިވަނީ ސާފުނުވެފައެވެ،

ޓްރީ ޓޮޕުން ރަސްމީކޮށް އަދި އެކަމާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާފައި ނުވާއިރު އެނގިފައިވާ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލް މިހާރު ހިންގަނީ އެ ހޮސްޕިޓަލްގެ މެނޭޖުމަންޓުންނެވެ

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ވަނީ، ގެއްލުމާ އެކު އެ ތަން ހިންގަން ޖެހޭތީ، ޚަރަދު ކުޑަކުރުމަށްޓަކައި ބައެއް ޑިޕާޓްމަންޓުތައް އުވާލައި ބައެއް މުވައްޒަފުން ވަކިކޮށްފަ އެވެ.