English Edition
Dhivehi Edition

ޓްރީޓޮޕް ހޮސްޕިޓަލުން، ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ލ. ކަލައިދޫ ޕެންޒީމާގެ މުހައްމަދު ނިޒާމަށް ދިން ފަރުވާ އާއި މެދު ހިތްހަމަޖެހޭކަމަށް އާއިލާއިން ބުނެފިއެވެ

ނިޒާމުގެ އާއިލާއިން ބުނެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުން ދިން ފަރުވާ ވަރަށް ރަގަޅުކަމަށާއި ނިޒާމްއަށް އެތަނުން ދިން ފަރުވާގެ ސަބަބުން ވަރަށް އަވަހަށް އޭނާގެ ހާލު ރަގަޅުވެފައިވާ ކަމަށެވެ. ނިޒާމައަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕުންް އޭނާގެ މޫނުގެ ސާޖަރީއަކާއި ބޮލުގެ ދެ ސާޖަރީއެއް ހަދައިފައިވާއިރު ނިޒާމްއަށް ޓްރީޓޮޕުގައި ދިން ފަރުވާއަށް 300،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއްވަނީ އަރާފައެވެ

ނިޒާމަށް ޓްރީޓޮޕުގައި ދެ ހަފްތާ ވަންދެން ފަރުވާ ދިންއިރު ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލުން ބިލަށް އަރަމުން ދިޔަ އަދަދުގެ ތަފްސީލް ދެމުންދިޔަ ކަމަށް އާއިލާއިންވަނީ ބުނެފައެވެ