English Edition
Dhivehi Edition

ކޮންމެ އަހަރެއްގެވެސް މިދުވަސްކޮޅަކީ ސްކޫލް ކިޔެވުން ނިމި އެންމެނަށް ޗުއްޓީ ލިބޭ ދުވަސްވަރެވެ. އާއިލާތައް ގިނަ މަސްތަކަކަށްފަހު އެއްތަންވެ އުފާ ފާހަނގަ ކުރާ ދުވަސްކޮޅެވެ.އަދި އެންމެ ހާއްސަކޮށް މިދުވަސްވަރަކީ އެކިކަހަލަ އުފާވެރި ހަފްލާތައްވެސް ފާހަނގަ ކުރާ ދުވަސްކޮޅެވެ.މިގޮތުން ކުޑަކުދިންނަށް މިވަނީ ހިތާނުކުރަން އެދޭ ކުދިންނަށް ވަރަށް ޚާއްސަ ޕެކޭޖްތަކަކާއި އެކު ޓްރީޓޮޕް ހޮސްޕިޓަލުން ހިތާނީ މޫސުމަށް ތައްޔާރުވެފައެވެ.

ހުޅުމާލޭގައި ހިންގަމުންދާ ޓްރީޓޮޕް ހޮސްޕިޓަލުން މި ފަހަރުގެ ހިތާނުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޚާއްސަ ޕެކޭޖެއްގެ ދަށުންނެވެ. އެއީ ޑޮކްޓަރުންނަށް ދެއްކުމާއި ، ލެބޯޓަރީ ޓެސްޓްތައް ހެދުމާއި، ހިތާނު ކުރުމާއި ގުޅިގެން ބޭނުންވާ ބޭހާއި، ޕްރޮޕެޝަނަލް އެހީގެ ފީއާއި، ލުއިކާނާ އަދި ހިތާނުކޮށް ނިމިގެން ދޭންޖެހޭ ފަރުވާވެސް ހިމެނޭ ޕެކޭޖެއް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ޕެކޭޖްގެ އަގަކީ 5000 ރުފިޔާއެވެ.

ހުރިހާ ކުދިންގެ އޮޕްރޭޝަންވެސް ކޮށްދެނީ ވަރަށް ތަޖުރިބާ ކާރު ޑޮކްޓަރުންގެ ޓީމަކުންނެވެ.މި ޓީމުގައި އިސްކޮށް ހުންނަވަނީ މަޝްހޫރު ޑރ. އަބްދުﷲ އުބައިދެވެ.އަދި ޑރ. އަބްދުﷲ އުބައިދަށް އެހީވުމަށް ތަޖުރިބާކާރު ނަރުހުންނާއި ހޭނައްތާ ޑޮކްޓަރުންގެ ޓީމެއް ކަނޑައެޅިފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މި ޕެކޭޖްއާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދުމަށާއި، ބުކިންގް ހެއްދުމަށް އެ ހޮސްޕިޓަލްގެ ނަންބަރު 3351610 އަށް ގުޅުމަށް އެ ހޮސްޕިޓެލުން ވަނީ އެދިފައެވެ.