އިންޑިއާ އަދި ޗައިނާގެ ދެމެދުގައި އޮތް ހަމަނުޖެހުންތައް ނިމުމަކަށް ގެންނާނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
ނަޝީދު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ވިދާޅުވީ އައްޑޫ އަތޮޅަކީ މުއްސަނދި އަތޮޅެއް ކަމަށާއި މި އަތޮޅަކީ އިންޑިއާ ކަނޑުގެ މެނދުގައި އޮތް އަތޮޅެއް ކަމަށެވެ.އަދި އައްޑޫ އަތޮޅު މުހިންމު ވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ،
މީގެ އިތުރުން ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބާދާ ކަމަށާއި އައްޑޫގެ ރައްޔިތުންނަށްވެސް މިކަން ސާފުވާނެކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާގެ ނުރުހުންތައް އެދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކަށްވެސް ފެންނަނީ އައްޑޫ އަތޮޅުކަމަށް ނަޝީދު ވިދާޅުވިއެވެ
“އައްޑޫ ސިޓީން އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަކީ އެމަނިކުފާނު އުންމީދު ކުރައްވާ ގޮތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ އައްޑުއާ ގުޅޭ ގޮތުން އެ ސިޓީގެ ކަންކަން ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބައެއް އޮޅުން ފިލުވަމުން ގެންދާ .އެ ސިޓީއާ މެދު ވިސްނަނީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުން ނޫން”ނަޝީދު ވިދާޅުވިއެވެ
މީގެ އިތުރުން ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ ކަމަށާއި އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާއި ގުޅިފައި ހުރި ކަމެއްކަމަށެވެ