English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ތަނުގައި ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވެ ވަޑައިނުގަންނަވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ނަޝީދު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން މާބޮޑަށްވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުން ވެސް އެނގެނީ އަނިޔާވެރިކަމާއި ބޭވަފާތެރިކަމާއި ހިޔާނާތްތެރިވުމަކީ ކުރިއަށް ދާނެ ކަންކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ

ރައީސް ޔާމީންއަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހަތަރެސްފައި ބަނދެފައި ވޯޓު ލުމުން ވެސް ރައީސް ޔާމީން މާ ބޮޑު ތަނުން ނާކާމިޔާބީއާއި ވަނީ ކުރިމަތިލާން ޖެހިފަ އިކަަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އަނިޔާވެރިކަމާއި ބޭވަފާތެރި ކަމާއި ހިޔާނާތްތެރި ކަމަކީ އިންސާނާ ފަހަތަށް ގެންދާ ކަންކަންކަމަށާއި އެ ކަންކަމަކީ އިންސާނާ ނިކަމެތި ކުރާ ކަމެއްކަމަށެވެ. އަދި އެކަންކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީންގެ ރަހްމަތްތެރިންގެ އާރެއް ބާރެއް ނެތި އެކަނިވެ، ބިކަވެ، ނިކަމެތިވެފައިވާކަމަށެވެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިބޫ އަށް 134،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް 96،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ