English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަން ހައްލުކުރުމަށް އެ ކުންފުންޏަށް ކުރިން ހަމަޖައްސައިދީފައިވާ 50 މިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން މިހާތަނަށް ދޫނުކޮށް އޮތް 25 މިިލިޔަން ރުފިޔާ ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ

ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯ އަށް ހަމަޖައްސައިދިން ލޯނުގެ ތެރެއިން 25 މިލިޔަން ރުފިޔާ ވޭތުވެދިޔަ ދެ މަހު އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށާއި ބާކީ 25 މިލިއަން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޫކުރާނެ ކަމަށެވެ

މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި ލޯނު ދިނުމަށް ފިނޭންސުން މިފްކޯ އާ އެކު ސޮއިކޮށްފައިވާއިރު ލޯނަކީ މަސް ގަތުމަށް އެހީތެރިވުމަށް އުފައްދާފައިވާ 100 މިލިޔަން ރުފިޔާގެ ފަންޑަށް ސަރުކާރުން ލާފައިވާ 50 މިލިޔަން ރުފިޔާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. އަދި މި 50 މިލިއަން ރުފިޔާގެ ތެރެއިން ސެޕްޓެމްބަރުގައި 15 މިލިޔަން ރުފިޔާ އަދި އޮކްޓޯބަރުގައި 10 މިލިޔަން ރުފިޔާ އެ ކުންފުންޏަށްވަނީ ދޫކޮށްފައެވެ

މިފްކޯއަށް މާލީ ދަތިކަން ކުރިމަތިވެ މަސްވެރިންނަށް އަގު ދިނުން ލަސްވާކަމުގެ ޝަކުވާ ރާއްޖޭގެ ދެކުނުގެ މަސްވެެރިންކުރަމުން އަންނަ އިރު ފިނޭންސްގެ ބަޔާނުގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން މިފްކޯގެ ހާލަތު ރަގަޅުކުރުމަށް ސަރުކާރުން ކޮށްފައިވާ ކަންތައްތައްވެސް ހިމަނާފައެވެ

ޓެގު