English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

މިފްކޯއަށް ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ކަންތައްތައް ހަމަޖައްސަވައި ދެއްވާނެކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބުދެއްވުމުގެ ގޮތުން ‘ރައީސްގެ ޖަވާބު’ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަދުގެ ޕްރޮގްރާމްގައި އާއްމުގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދެވި އެބަހުރިކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ނުލިބިހުރި ފައިސާ ހަމަޖައްސައިދެއްވުމަށް ކަމަށެވެ، މި ގޮތުން ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށާއި އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.