English Edition
Dhivehi Edition
މިފްކޯގެ އެމްޑީ އަދި ސީއީއޯ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު

މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.

ސަމާހު މަގާމުން ވަކިކޮށްފައިވާއިރު, ޕީސީބީއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގައި އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ވެސް ކޮށްފައެވެ.

ޕީސީބީއިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަރނަންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހެދުމަށް 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމީ ކަމަށެވެ.

މާޗް މަހުގެ 19 ވަނަ ދުވަހު ޕީސީބީއިން ސަމާހުއަށް ފޮނުވި ސިޓީއެއްގައި ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ބުނެފައެވެ.

ޓެގު