English Edition
Dhivehi Edition
މިފްކޯގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަމާހު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހް ރަޝީދު، ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހް ރަޝީދު، ޕީސީބީ އިން ސަސްޕެންޑް ކުރި މައްސަލާގައެވެ.

މިފްކޯގެ އެމްޑީ އަދި ސީއީއޯ އަހުމަދު ޝަމާހު ސަސްޕެންޑު ކުރުމުގައި ޕީސީބީން ގޯސްކޮށް އަމަލުކޮށްފައިވާކަމަށް ބައެއް ގާނޫނީ ވަކީލުން ބުނެފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހު މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކޮށް އެކަން ހުއްޓާލުމަށް އޭނާއަށް އިންޒާރު ދިނުމަށްފަހު ހޯމަ ދުވަހު ކުއްލިގޮތަކަށް ވަނީ ސަސްޕެންޑް ކޮށްފައެވެ.

ސާދަ ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި ޕީސީބީން ޝަމާހަށް ފޮނުވި ސިޓީން ހަމައެކަނި ސާފުވާން އޮތް ކަމަކީ ހުށަހެޅިފައިވާ މައްސަލައެއް ބަލާ ކަމަށެވެ. އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައިކަން އެކަންޏެޗެ. އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ބަލަނީ ކޮން މައްސަލައެއް ކަމެއް ނުވަތަ ސަސްޕެންޑް ކުރަން ޖެހުނީ ކޮންކަމަކާ ގުޅޭގޮތުން ކަމެއްވެސް ބަޔާންކޮށްފައެއް ނުވޭއެވެ.