English Edition
Dhivehi Edition

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު ހުށަހެޅި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސައްހަ ކަމަަށް ނިންމައި މާދަމާ އެ މައްސަލަ ކުރިޔަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފި އެވެ

މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމާފައިވަނީ މާދަމާ ރޭ 8:00 ހާއިރު ބާއްވާ މި މައްސަލާގައި ޖަވާބުދާރީވުމަށް މަސީހަށް އިތުރު ފުރުސަތެއް ވެސް ނުދިނުމަށެވެ

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން 45 މެންބަރުންގެ ސޮއާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅަފާއިވާއިރު، ޕާޓީ ބަދަލުކޮށްފައިވާ 12 މެމްބަރުންގެ ގޮޮނޑީ ގެއްލިފައިވާކަމަށް ވިދާޅުވެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށްވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ނެރެފައިވާއިރު އެ ހުކުމަށް ރިއާޔަތްކޮށް މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ. އަދި، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލްވި ކަމަށް މަޖިލީހުން ވަނީ ނިންމި އެވެ

މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން ގޮސްފައިވާ އިރު މިދިޔަ ހަފްތާ ތެރޭގައި 51 މެމްބަރުންގެ ސޮއާ އެކު އަނެއްކާވެސް މި މައްސަލަ ވަނީ މަޖިލީހަށް ވައްދާފައެވެ