އެޓާނީޖެނެރަލްް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ގެންދެވޭނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ މީގެ ކުރިން ތަކުރާރުކޮށް މަޖިލިހުގެ ރައީސް، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން އެ މައްސަލަ ވައްދާފައި ވަނީ މަޖިލީހުގެ 45 މެންބަރުންގެ ސޮއި ހިމަނައިގެންނެވެ. އެ މައްސަލަތަކަށް ފަހު މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގޮސް ގިނަ ދުވަސްތަކަށް ދެމިގެން ގޮސްފައިވެއެވެ.
މިކަމާ ގުޅިގެން އޭގެ ފަހުން ބޭއްވި ކޮންމެ ޖަލްސާއެއްގައި އިދިކޮޅު ފަރާތްތަކުން އިޖުތިޖާޖްކޮށް މަޖިލިސްގެ ޖަލްސާތައް ބޭއްވުމަށް ހުރަސްއެޅި ނަމަވެސް ކުރިމަތި ކުރުވާ އެއްވެސް ބިރަކަށް ވެސް އަދި ދައްކާ ނުފޫޒުކަށް ވެސް ޖެހިލުންވެ ވަޑައި ނުގަންނަވާނެ ކަމަށް މަސީޙް ވަނީ ވިދާޅުވެފައެވެ.
” ދިމާވާ އަދި ކުރިމަތިކުރުވާ ބިރާއި މައްސަލަަކާއި ކެރިގެން ކުރިމަތި ލަވައިގެން ސާބިތު ކަމާއެކު ދެމި ހުންނާނަން” މަސީޙް ވިދާޅުވިއެވެ.