English Edition
Dhivehi Edition
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ: މަޖިލިސް

އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ

މިއަދުގެ ޖަލްސާ ކުރިއަށް ދިޔަ ގޮތާއި މެދު ޕީޕީއެމްގެ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރުމުން މޫސަ ވިދާޅުވީ މަޖިލީހުގައި ޖަލްސާ ބާއްވަން އިއްޔެ ވިދާޅުވެފައި މަސީހް ރޭގައި ގުޅާފައިޖަލްސާ ކެންސަލް ކުރައްވާށޭ ވިދާޅުވިކަމަށެވެ. އަދި މިއަދު ހެނދުނު ގުޅާފައި ޖަލްސާ ކުރިއަށް ގެންދަވަން ވިދާޅުވި ކަމަށްވެސް މޫސަވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މޫސަ ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާ ކަނޑައެޅުއްވީ ވެސް މަސީހް ކަމަށެވެ. އަދި ޖަލްސާ ކުރިއަށް ގެންދަވަނީ އޭނާ ނޫން ކަމަށާއި ޖަލްސާ ބާއްވަން ޖެހޭ ގަޑި އަންގަވަނީ ވެސް މަސީހް ކަމަށެވެ

މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ވަކިކުރުމުގެ މައްސަލައިގައި ޕީޕީއެމްގެ ބައެއް މެމްބަރުންނާ އެކު 51 ސޮއި ހިމެނޭ ގޮތަށް އެ މައްސަލަ ވެއްދި ފަހުން، މަސީހު އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.