English Edition
Dhivehi Edition

ސުޕްރީމް ކޯޓުގައި މައްސަލަ އޮތް އަށް މެމްބަރުން ނުހިމަނާ, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު ހުށަހަޅައިފި އެވެ

މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި ޕީޕީއެމް އާއި އެމްޑީއޭއަށް ނިސްބަތްވާ 15 މެންބަރުން ސޮއި ކުރައްވާފައިވެ އެވެ.ޕީޕީއެމްގެ ގިނަ މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ 12 މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅާ، ގާނޫން އަސާސީއާ ކަނޑައެޅިގެން ހިލާފަށް ބިލުތައް ގަސްތުގައި އެޖެންޑާކޮށް ވޯޓަށް ވެސް އަހަމުންދާކަމަށެވެ. އަދި މަޖިލީސް މެންބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމާއި, ވަކި ސަބަބެއް ހާމަ ނުކޮށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މަސީހު އަދާކުރަން ޖެހޭ މަސްއޫލިއްޔަތުން ވެސް އެމަނިކުފާނު އެއްކިބާވެވަޑައިގެންފައިވާ ކަމަށެވެ

މީގެ އިތުރުން އެ ގަރާރުގައި، މެންބަރުންގެ މެދުގައި މަސީހު ގަސްތުގައި ތަފާތު ކުރުން ގެންގުޅުއްވާ ކަމަށާއި އެއްވެސް ޕާޓީއަށް ނިސްބަތްވެވަޑައި ނުގަންނަވާ މެންބަރުން ބަހުސްއަށް ވަގުތު ދެއްވުމަށް ފާޅުކަން ބޮޑު ގޮތެއްގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުގެ ރައީސްކަމުން މަސީހް ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ފެށި މަސައްކަތާ ގުޅިގެން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް އާންމު ކޮމެޓީން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފާސްކޮށްފަ އެވެ..