English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

އިންތިޚާބާ ގުޅޭ ގޮތުން ގޯސް ހުކުމެއް އިއްވައިފިނަމަ މަގުތަކަށް ނިކުތުން ނޫން ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ “ދަ ހިންދޫ” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މަގުތަކަށް ނިކުތުމަކީ ފަސޭހަކަމެއް ނޫންކަމަށާއި ނަމަވެސް ރައްޔިތުންގެ ނިންމުން ދިފާއު ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމަށެވެ

މީގެ އިތުރުން ނަޝީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ރައީސް ޔާމީން، ކޯޓަށް އިންތިޚާބު ބާތިލު ކުރަން މައްސަލަ ހުށައަޅާފައިވާތީ ބާރުތަށް ބަދަލުކުރުމުގެ މަރުހަލާ އަމާންކޮށް ކުރިއަށް ގޮސްދާނެ ކަމަށް ބެލުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ
މި މައްސަލަ އާއި ގުޅޭގޮތުން ޖުމްލަ ތިން އަޑު އެހުމެއް ބާއްވާފައިވާއިރު، މިއަދު މެންދުރު މި މައްސަލައިގެ ހުކުމް އިއްވުމަށް ސުޕްރީމްކޯޓުގައިވަނީ ޝެޑިއުލްކޮށްފައެވެ