ޕީޕީއެމްގެ ކޮންގްރެސްއިން އިންތިހާބުކޮށްފައިވާ އެ ޕާޓީގެ އާ ލީޑަޝިޕް ގަބޫލު ނުކުރެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ
ރޭ ސަންގްޓީވީ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އީސީގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ އެ ޕާޓީގެ އާ ލީޑަޝިޕް ގަބޫލު ނުކުރެވޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރަނީ ކޮންގްރެސްގެ ކުރިން އޮތް އެ ޕާޓީގެ ލީޑަޝިޕްކަމަށެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަންނަން އީސީ އިން ނިންމީ އެ ކޮންގްރެސް މޮނީޓާކުރި ކޮމިޝަންގެ އޮބްޒާވަރުން އެ ކޮމިޝަނާ ހިއްސާކުރި ރިޕޯޓަށް ބެލުމަށް ފަހުގައި ކަމަށް އަކުރަމް ވިދާޅުވިއެވެ. އެ ރިޕޯޓްގައިވާ ގޮތުން ކޮންގްރެސްގެ ބައެއް ކަންކަން ކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށްކަމަށް އަކުރަމް ވިދާޅުވިއެވެ
މީގެ އޮތުރުން އަކުރަމް ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ކޮންގްރެސްގައި ވޯޓްލެވޭ ޕާޓީގެ މެންބަރުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލަން ޖެހޭ ކަމަށެވެ.އަދި އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީގެ މަގާމަކަށް އާދެވޭނީ ޕާޓީގެ މެންބަރަކަށް ވާތާ ވަކި މުއްދަތެއް ވެފައިވާ ފަރާތްތަކަށް ކަމަށާއި އެ އިޖުރާއަތުތައް ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކޮށް ދިނުމަށް ޕީޕީއެމްއަށް ދެ ފުރުސަތެއް ދިން ނަމަވެސް، އެކަމާ ގުޅޭ ލިޔުންތައް ޕީޕީއެމްއިން އީސީއާ ހިއްސާކޮށްފައި ނުވާ ކަން އަކުރަން ވަނީ ފާހަގަކުރައްވާފައެވެ.
ޕީޕީއެމް އިންވަނީކުއްލި ގޮތަކަށް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ދަރުބާރު ގޭގައި އެ ޕާޓީގެ ކޮންގްރެސްއެއް ބާއްވައި، ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އިންތިހާބުކޮށް އަދި އާ ނައިބު ރައީސުންނާއި ޕާޓީގެ ކައުންސިލް އަލުން އެކުލަވާލާފައެވެ.