English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި ނިންމާފައިވާ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހުކުރު ދުވަހު، ހާއްސަ ގޮތުން ބޭއްވުނު ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާތުތައް ފުރިހަމަނުކޮށްކަމަށެވެ. އެހެންކަމުން އެ އެ ޖަލްސާގައި ނިންމި ނިންމުންތައް ބަލައިގަނެވެން ނެތް ކަމަށް އީސީ އިންވަނީ ބުނެފައެވެ

އީސީ އިން މި ގޮތަށް ނިންމާފައިވަނީ އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ

ޕީޕީއެމްގެ ކޮންގްރެސްގައި ހުރިހާ ބައިވެރިންގެ އިއްތިފާގުން ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިހާބުކޮށްފައިވާއިރު ނައިބު ރައީސްކަމުގެ މަޤާމަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުﷲ، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ