English Edition
Dhivehi Edition

އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވެއްޖެ އެވެ

ރައީސް މައުމޫން އަބުދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން މިހެން ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ގައުމީ ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާކަމަށް އެ ޕާޓީން އިއްޔެ އިއުލާންކުރުމާއި ގުޅިގެންނެވެ

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕުން ނޫން ފަރާތަކަށް ޕީޕީއެމް ހަވާލުކޮށް ހިންގުމަށް އެއްވެސް ކޯޓަކުން ހުކުމް ކޮށްފައިނުވާ ކަމަށެވެ.މީގެ އިތުރުން ވައްޑޭ ވަނީ ޕީޕީއެމްގެ އިންތިހާބީ ލީޑާޝިޕަށް ނޭންގި އެއްވެސް ފަރާތަކުން އެޕާޓީގެ ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރާނަމަ އެފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރުދެއްވާފައެވެ

ޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އޭރު ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، އެންމެ ފަހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ޕާޓީގެ ހިންގުން ހަވާލުކުރީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންއާއެވެ