English Edition
Dhivehi Edition

ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާލައްވާނީ އިންސާފު ލިބުމުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ

އޮޅުވާލި ވޯޓު” ނަމުގައި ޕީޕީއެމުން ސިލްސިލާ ގޮތެއްގައި ބާއްވާ މުޒާހަރާގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމުން މިހާރު ކުރާ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށާއި ރައްޔިތުންނަށް އިންސާފު ލިބެންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ރާއްޖެއިން ބޭރުގެ އެއްވެސް ގައުމަކަށް ރައީސް ޔާމީނަށް އެތެރެ ނުވެވޭ ގޮތަށް ހަމަޖެއްސި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށްވެސް އަބްދުއްރަހީމް ވަނީ ރައްދުދެއްވާފައެވެ. އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެއްވެސް އިރެއްގައި ފިއްލަވާކަށް ރާއްވަވާފައި ނެތްކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ފުރިޔަ ނުދީ ހިފަހައްޓާފައި ވަނީ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައަށް ބިނާކޮށް ކަމަށް ބުނެ، ހަފަތުރަމުންދަނީ ހަގީގަތާއި ހިލާފް ދޮގުވާހަކަތަކެއް ކަމަށެވެ. .