English Edition
Dhivehi Edition

މިއަހަރުު ބޭއްވި ރިޔާސީ އިންތިހާބް އޮޅުވާލާފައިނުވާ ކަމަށްބުނެ ފޭސްބުކްގައި ސްޓޭޓަސްއެއްޖެހި އެމްޕީއެލްގެ އެޑްމިން އޮފިސަރަކު ވަޒީފާއިން ވަކިިކޮށްފި އެވެ

އެމްޕީއެލް އިން މިއަދު ވަކިކޮށްފައިވަނީ ޕީޕީއެމްގެ ސޯޝަލްމީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކޮށްފައިވާ ސ.މީދޫ ވާދޫގެ މަރްޔަމް ފަރީޝާއެވެ.

އިންތިހާބުގެ ނަތީޖާއާއި ގުޅިގެން ފަރީޝާގެ ފޭސްބުކްގައި ޖެހި ސްޓޭޓަސްގައި ވަނީ، އޭނާވެސް އިންތިހާބް ދުވަހު ޕީޕީއެމްގެ ފަރާތުން އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވި ފަރާތެއް ކަމަށާއި ރިޔާސީ އިންތިހާބްގެ ވޯޓަކީ އެއްވެސް މަކަރެއްނެތި ދެފުއް ފެންނަ އިންތިހާބެއް ކަމަށެވެ.އަދި ޕީޕީއެމުުން މިހާރު މަސައްކަތް ކުރަނީ އެތައް ބައެއްގެ ހައްގުތައް ނިގުޅައި ގަންނަން ކަމަށާއި އެހެން ކަމުން އޭނާ ޕީޕީއެމަށް ކުރި ތާއީދު އަނބުރާ ގެނެސްފައިވާ ކަމަށެވެ

ފަރީޝާ އެމްޕީއެލް އިން ވަކިކުރިކަން އެންގުމަށްޓަކައި އޭނާއާއި ހަވާލުކުރި ސިޓީގައި ބުނެފައިވަނީ،އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުއައްޒަފުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކުންފުނީގެ ސީއީއޯ އާއި އިސްވެރިން ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފް ވާހަކަތަކެއް ދައްކަމުންދާތީ ކަމަށެވެ

.

އައްޑޫމީދޫ މާލޭ ފޮށީގައި ހަރަކާތްތެރިވި ފަރީޝާ އޭއޯ ނިއުސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މީގެ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާއި ނުލާކަމަށެވެ.

ފަރީޝާގެ އިތުރަށް ސޯޝަލް މީޑިއާގައި ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކި އެމްޕީއެލްގެ އިތުރު މުއައްޒަފެއް ކަމަށްވާ ނަޝްމީ މުހައްމަދު ސައީދުވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ

ސިޔާސީ ސަބަބުތަކާއިިހުރެ ވަޒީފާއިިން ވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާދޭނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ