English Edition
Dhivehi Edition

ސުޝްމީތާ ސެން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް މީޑިއާ އާއި ހިއްސާކުރަން ބޭނުންވާ ފަންނާނެއް ނޫނެވެ. ހާއްސަކޮށް އޭނާގެ ލޯބީގެ ވާހަކަތަކަކީ އަބަދުވެސް ވަރަށް ސިއްރުން ކުރިއަށް ގެންދާ ކަންތައްތަކެވެ. އެހެންނަމަވެސް މީޑިއާގެ ސަމާލުކަން ހުއްޓިފައިވާ ބޮލީވުޑްގެ ތަރިންނަށް ކަންތައްތައް ސިއްރުން ކުރިއަށް ގެންދިއުމަކީ ވަރަށް އުދަގޫ ކަމަކެވެ

މިހާރު އަނެއްކާވެސް މިވަނީ ސުޝްމީތާގެ ދިރިއުޅުމާއި ގުޅޭ މުޅިން އާ ވާހަކައެއް މީޑިއާއަށް ތިލަވެފައެވެ. އެންމެ ފަހުން ސުޝްމީތާ ރައްޓެހިވެގެން އުޅުނު ރިތިކް ބަހްސިން އާއި ވަކިވިތާ ދުވަސްކޮޅެއް ވެފައިވާއިރު މިހާރު އަނެއްކާވެސް ސުޝްމީތާ މި ވަނީ އާ ބައިވެރިޔަކު ހޯދާފައެވެ.

ރިތިކް އާއި ވަކިވި ފަހުންވެސް ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮށްއިރު، މިހާރު ސުޝްމީތާގެ އާ ލޯބިވެރިޔަކީ މަޝްހޫރު މޮޑެލް ރޯހްމާން ޝަވުލް އެވެ. ފަހަކަށް އައިސް މި ދެމީހުން އެކުގައި ގިނަ މީހުންނަށް ފެންނަމުންދާއިރު ރޯހްމާންވަނީ ވަރަށް ފަހުން ސުޝްމީތާ ދެ އަންހެން ކުދިންނާއެކުވެސް ފެނިފައެވެ.

މި ގުޅުމާއި ބެހޭ ގޮތުން މި ދެމީހުންގެ ފަރާތުން އެއްވެސް ބަހެއް އަދިި ބުނަފެއް ނުވެއެވެ. އެހެން ނަމަވެސް މި ދެމީހުންގެ ވަރަށް ގާތް އެކުވެރިޔަކު ބުނެފައިވަނީ ހަމަ ޔަގީނުންވެސް އެދެމީހުންގެ ގުޅުމަކީ އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް ކަމަށާއި އެ ގުޅުމާއި މެދު އެއްޗެއް ބުނަން އަދި މާ އަވަސްކަމުގައެވެ .

ޓެގު