ބޮލީވުޑް ތަރި ޖެކުލިން ފެރެނާންޑްގެ މަންމަ ކިމް ފެރެނާންޑް މަރުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ޖެކްލިންގެ މަންމަ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި މުމްބާއީގެ ލިލަވަތި ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ޖެކުލިންގެ މަންމައަށް ސްޓްރޯކެއް ޖެހިގެން މާރޗް 24 ވަނަ ދުވަހުންފެށިގެން ލިލަވަތި ހޮސްޕިޓަލްގެ އައިސީޔޫގައި ދިޔައީ ފަރުވާދެމުންނެވެ. ކިމްމަރުވެފައި ވަނީ ސްޓްރޯކަށް ފަރުވާދެމުން ދަނިކޮށް މިއަދު މޭޖާ ހާޓްއެޓޭކްއެއް ޖެހިގެންނެވެ.
ޖެކުލިންގެ މަންމަ ކިމް މަރުވުމާއި ގުޅިގެން ބޮލީވުޑްގެ އެކިއެކި ތަރިންނާއި އިސްވެރިން ދަނީ މިވަގުތު އެއާއިލާ އަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.
ކިމް އަކީ މެލޭޝިއަން ކެނެޑިއަން ނަސްލުގެ މީހެކެވެ. ކިމްއާއި އޭނަގެ ލަންކަން ފިރިމީހާ އެލްރޯއި ފެރެނާންޑް އާއި ބައްދަލުވީ 1980 ވަނަ އަހަރު ލަންކާއިންނެވެ.
ކިމްފެރެނާންޑްގެ ޖަނާޒާ ބާއްވާނެ ދުވަހެއްއަދި ހާމަކޮށްފައި ނުވެއެވެ.