English Edition
Dhivehi Edition

މީގެ ދިހަ އަހަރު ކުރިން ރިލީޒްކުރި ފިލްމު ޕީކޫ އަލުން ސިނަމާތަކުގައި ދެއްކުމަށް ނިންމައިފިއެވެ.

ޕީކޫއިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ތެރޭގައި އަމީތާބް ބައްޗަން، ކުރީގެ އެކްޓަރު އިރުފާނު ޚާން އަދި ބަތަލާ ދީޕިކާ ޕަދުކޯންއެވެ.

2015 ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ޑްރާމާ ފިލްމު ޕީކޫ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަލުން ސިނަމާތަކުގައި ރިލީޒްކުރަން ނިންމާފައިވާއިރު ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމްގައި މި ވާހަކަ ހިއްސާކޮށްފައެވެ. އޭނާ އިންސްޓަގްރާމްގައި މި ހަބަރު ހިއްސާކޮށް، އަމީތާބު ބައްޗަން އަދި ފިލްމުގެ ހަނދާންތައް ނައްތާނުލެވޭ ބައެއް މަންޒަރުތައް ފެނިގެންދާ ވީޑިއޯއެއް ވަނީ ހިއްސާކޮށްފައެވެ.

https://www.instagram.com/reel/DIniHI7SWwX/?utm_source=ig_embed&ig_rid=a06a5f3b-5429-47bd-a748-596bba4c5ed4

މި ފިލްމުގައި އުމުރުން ދުވަސްވެފައިވާ ބައްޕައަކު ގޮވައިގެން ޒުވާން އަންހެން ކުއްޖަކު ދިރިއުޅުން ހޭދަކުރުމުގައި ދިމާވާ ގޮންޖެހުންތައް ފެނިގެން ދާއިރު ދީޕިކާ ވަނީ އަބަދުވެސް އޭނާގެ ހިތުގައި މިފިލްމަށް ހާއްސަ މަގާމެއް ދެވިފައިވާ ކަމަށް ބުނެފައެވެ.

ޓެގު