އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުމެއް ނުވާނެކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެ އެވެ.
މިއަދު ޒެކޯވްސްކީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެކަމަށެވެ. މީގެ އިތުރުން ޒެކޯވްސްކީ ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން ގެންދަވަނީ ސުޕްރީމް ކޯޓު ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންކަމަށާއި، ރައީސް ޔާމީން އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ
މިއަހަރުގެ ފެބްރުއަރީ މަހުވެސް ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔުނިއަންގެ ކައުންސިލުންވަނީ ދީފައެވެ، އަދި މި އަހަރުގެ އޯގަސްޓް މަހު އީޔޫ އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކުވަނީ ވިދާޅުވެފައެވެ .