English Edition
Dhivehi Edition

ރާއްޖޭގައި ތިބި ޔޫރަޕުގެ ފަތުރުވެރިން އެމީހުންގެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ގައުމުތަކާ ދެމެދު އޮތް ގުޅުން އަންގައިދޭ ކަމެއް ކަމަށް އީޔޫއިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި ޔޫރަޕް ފަތުރުވެރިން އެނބުރި ޤައުމަށް ފޮނުވާލުމުގެ އިންތިޒާމްތައް ރޭވިގެންދިޔަ ގޮތާމެދު ބޭރުގެ ފަރާތްތަކުން ވަނީ ތައުރީފް ކޮށްފައެވެ.

“ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު. އީޔޫގެ ގައުމުތަކުގެ ފަތުރުވެރިން އަނބުރާ ގައުމުތަކަށް ގެންދިޔުމުގައި އީޔޫ އާއި ރާއްޖެއިން ކޯޑިނޭޝަން ވަރުގަދަ . އެކަން ހާމަވާ ސަބަބަކީ އީޔޫގެ ޑެލިގޭޝަނެއް ނުވަތަ އެމްބަސީއެއް މާލޭގައި ނެތިވެސް ގައުމުތަކުން މުވާސަލާތުކޮށްފައިވާގޮތް ރަނގަޅު ކަމުން “އީޔޫ އެކްސްޓަނާލް އެކްޝަން އީއީއޭއެސް ގައި ބުނެފައިވެއެވެ.

އީއީއޭއެސް އިން ރިޕޯޓް ކޮށްފައިވާގޮތުން ރާއްޖޭގައި ތިބި ޔޫރަޕްގެ ޤައުމުތަކުގެ ފަތުރުވެރިން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަކީ ބޭރުގެ ޤައުމުތަކާއި ރާއްޖޭގެ އިދާރާތަކުގެ މެދުގައި އޮތް އެއްބާރުލުމާއި ގުޅުން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.

އީއީއޭއެސްއިން ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖެއިން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން ނިންމިއިރު، ރާއްޖޭގައި 34،000 އަށްވުރެ ގިނަ ބޭރުގެ ފަރާތްތައް ތިއްބެވެ. އޭގެ ތެރެއިންވެސް ގިނައީ ޔޫރަޕްގެ ޤައުުތަކުގެ މީހުންނެވެ. އެގޮތުން ރާއްޖެއާއި ޔޫރަޕާ ދެމެދު ކޮމަރޝަލް ފްލައިޓްތައް ބާއްވައި، ފަތުރުވެރިން އަނބުރާ ފޮނުވާލުމާއި، އެ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މާލޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ އެއްބާރުލުން ލިބިގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގައި އައިސޮލޭޝަންއާއި ކަރަންޓީންގެ ކަންކަން ބެލެހެއްޓިގެން ދިޔަ ގޮތުން މި ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވިގެންވެސް ދިޔަ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.