ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މިއަދު ޝާހިދު ވިދާޅުވީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު،( އިބޫ) ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމުން ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މަޖިލީހުން އިސްތިއުފާ ދޭން ނިންމީ ސަރުކާރުގެ މަގާމަކަށް ވަޑައިގަންނަވަން ކަމަށެވެ.ޝާހިދު ވަޑައިގަންނަވަނީ ކޯލިޝަން ސަރުކާރުގެ ކޮން މަގާމަކަށް ކަން ޝާހިދު ހާމަކުރައްވާފައެއް ނުވެއެވެ
މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އިބޫ އާއެކު 1995 ވަނަ އަހަރުގައެވެ