English Edition
Dhivehi Edition

ރާއްޖެ އާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަތިކުރުމުގެ ފިޔަވަޅު އަޅާ މީހުންގެ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހިމަނަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ

ހާމިދު ކުރެއްވި ޓުވިޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ގާނޫނީ ގޮތުން މިނިވަންވެގެން ރާއްޖެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް މިއަދު ގޮވާލެއްވުމުންނެވެ. ތިޔަހެން އުޅުއްވަނިކޮށް އީޔޫ ލިސްޓަށް އަރާފާނެ” ކަމަށް ވިދާޅުވެ ހާމިދް ކުރެއްވި ޓުވިޓަށް ގާސިމް އަދި ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމާއި ގުޅޭ ގޮތުން އަލްހާން ކުރެއްވި ޓުވިޓެއް ގާސިމް ރީ.ޓުވިޓް ކުރުމާއެކު ކޯލިޝަންގެ މެމްބަރުންގެ މެދުގައިވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މިހިޔާލު ތަފާތުވުންތަކުގެ ސަބަބުން ގާސިމް އެ ވާހަކަ ރީ-ޓުވިޓް ކުރެއްވި ސަބަބަކީ ކޮންމެ މީހަކު ބުންޏަސް ރަގަޅު ވާހަކައެއް ވާނީ ރަގަޅު ވާހަކައެއް ކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ. ދެ ޕާޓީގެ މެމްބަރުން އެއް ޕާޓީ އަނެއް ޕާޓީއަށް ދެމުންދާ ބަހުގެ ހަމަލާތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ މި މައްސަލަވެސް ޑިމޮކްރަސީގެ ހަމަތަކާއެކު ހައްލުވެގެންދާނެ ކަމަށެވެ