English Edition
Dhivehi Edition

“މޭނޭ ޕިޔާރް ކިޔާ” އާއި “ހަމް އާޕް ކޭ ހޭ ކޯން” ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލޯކް ނާތުގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި އެވެ

ގިނަ އަދަދެއްގެ ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ، މަޑުމައިތިރި ރޯލުތަކުން ފެނިގެން ގޮސްފައިވާ އަލޯކްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފައި ވަނީ 1993-1997 އަށް ޒީ ޓީވީން ދެއްކި ޓީވީ ސިލްސިލާ “ތާރާ” ގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ވިންތާ ނަންދާ އެވެ

މީގެ 19 އަހަރު ކުރިން ހިނގި ހާދިސާގެ ވާހަކަ ޓުވިޓާގައި ހިއްސާކުރަމުން ވިންތާ ބުނެފައިވަނީ އަލޯކް އަންހެނުންނަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަމަށެވެ. ވިންތާ ބުނެފައިވަނީ އަލޯކް އޭނާ ރޭޕްކޮށްފައި ވަނީ ޕާޓީއެއް ނިންމާލަފައި ގެއަށް ދިޔަ މަގުމަތީގައި އޭނާއަށް ރާބޯންދީގެން އޭނާގެ ގޭގައި ކަމަށެވެ. އަދި އެ ހާދިސާއަށް ފަހު ތަކުރާރުކޮށް އަލޯކް އޭނާއަށް ބިރު ދައްްކާ ޖިންސީ ގޯނާކޮށްފައިވާކަމަށް ވިންތާވަނީ ބުނެފައެވެ. މީގެ އިތުރުން ވިންތާ ބުނެފައިވަނީ އަލޯކް ގެ އަންހެނުން އޭނާއާއި އެކު އުޅެން ބޭނުންނުވާ އެންމެ ބޮޑު ސަބަބަކީ އަބަދު ރާ ބޮއެ، އެއަށް ދެވި ހިފާފައިވާ މީހަކަށްވުންކަމަށެވެ.

މީގެ އިތުރުން ވިންތާ ބުނެފައިވަނީ “ތާރާ” ގެ ބަތަލާއިންގެ ގަޔަށް ވެސް އާލޯކް އަތްލައި ފުރައްސާރަކުރާތީ ޝަކުވާތައް ބޮޑުވެ އެންމެ ފަހުން އެ ޑްރާމާއިންވެސް އަލޯކް ބޭރުކުރަން ނިންމިކަމަށެވެ

އަލޯކްގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތުތަކާއި ގުޅިގެން އޭނާ ބުނެފައިވަނީ އެ ވާހަކަ ގަބޫލުކުރަންވެސް އަދި އިންކާރުކުރަންވެސް ބޭނުން ނުވާކަމަށެވެ. އެ ކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ސަބަބަކީ އަބަދުވެސް އެހެންމީހުންނަށް ގަބޫލުކުރެވޭނީ އަންހެނަކު ދައްކާ ވާހަކަތައް ކަމަށްވާތީ ކަމަށް އަލޯކްވަނީ ބުނެފައެވެ