މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ މަރަދޫ ގްރޫޕަކާއި ފޭދޫ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީ އެއްގައި ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ ޒުވާނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ
މި މާރާމާރީގައި ޒަހަމްވި އުމުރުން 22 އަހަރުގެ މުހައްމަދު އީވާންއަށްހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ
މި ޒުވާނާއަށް އައިޖީއެމްއެޗްގެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިވާންގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށާއި އަދިވެސް ހާލު ވަރަށް ސީރިއަސްކަމަށެވެ.
އީވާންގެ ހަށިގަނޑުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާއިރު ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ
މި މައްސަލައާއި ގުޅިގެން 17 އަހަރާއި 22 އަހަރާއި ދެމެދުގެ ދިހަ ފިރިހެނުންވަނީ ހައްޔަރުކޮށްފައެވެ