English Edition
Dhivehi Edition

ކެޓްރީނާ ކައިފްގެ ދިރިއުޅުމުގައި ހިނގާ ގިނަ ކަންތައްތަކަކީ އޭނާ ވަރަށް ސިއްރުން ކުރާ ކަންތައްތަކެއް ނަމަވެސް އެ ވާހަކަ އަބަދުވެސް އޮންނަނީ މީޑިއާތަކުގެ ފަލަ ސުރިހާތަކަށް އަރާ ‘ބޮޑު ސިއްރު’ ތަކެއްގެ ގޮތުގައެވެ

މީޑިއާތަކަށް އަބަދުވެސް ސިއްރުން އުޅޭ ކެޓްރީނާ،ގިނަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް އާ ލޯބިވެރިއެއް ގެންގުޅެމުންދާ ހަބަރު މިފަހަރު މީޑިއާތަކުގައި ހިއްސާކުރީ ކެޓްރީނާ އަމިއްލައަށެވެ.ނެހާ ދޫޕިއާގެ ‘ޓޯލްކް ޝޯ’ގައި ކެޓްރީނާ އާއި ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ލޯބިވެރިއެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެމީހަކީ ކާކުކަން ކެޓްރީނާ ހާމަކޮށްފައިނުވާއިރު ގިނަ ބަޔަކު ތިބީ އެމީހެއްގެ ނަން އޮޅުން ފިލުވުމަށް ބޭނުންވެފައެވެ.

މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުން މަޝްހޫރު ތަރި ރަންބީރު ކަޕޫރް އާއި އެކުވެސް ކެތްރީނާވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ. ރަންބީރު އާއި ކެޓްރީނާގެ ލޯބީގެ ގުޅުން ނިމުނު ހިސާބުން އަނެއްކާވެސް އޭނާ ފެންނަން ފެށީ ސަލްމާން އާއި އެކުގައެވެ. އެހެންނަމަވެސް މި ދެތަރިންނާއި އެއްވެސް ގުޅުމެއް އޮތްކަމަކަށް ދުވަހަކުވެސް ކެޓްރީނާ އަމިއްލައަށް އިއުތިރާފްވެފައެއް ނެތެވެ

މިހާރު ސަލްމާންގެ ‘ބާރަތް’ގައި މަސައްކަތްކުރަމުންދާ ކެޓްރީނާގެ އާ ލޯބިވެރިޔަކީ ކާކުކަން ކުރިއަށް އޮށް ދުވަސްތަކުގައި އެގިގެންދާނެކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެއީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ.

ޓެގު