English Edition
Dhivehi Edition

ﷲ ގެ އިރާދަފުޅުން 17 ނޮވެމްބަރުގައި ހުވާކުރައްވާނީ އިބްރާހީމް މުހައްމަދު(އިބޫ) ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ

ރިޔާޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އަމާން ދިނުން ނޫން އެހެން އެއްވެސް ގޮތެއް ރައީސް ޔާމީން އަށް ނޮއޮއްނާނެކަމަށެވެ. ރައީސް ޔާމީން ހުންނެވީ، އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ޕީޕީއެމުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާޒް ވިދާޅުވީ އެ ވާހަކަތަކަކީ ރައީސް ޔާމީން އަރިހުގައި ތިއްބެވި މަދު ބަޔަކު ޣާފިލްކަންމަތީ ތިބެ ދައްކާ ވާހަކައެއް ކަމަށެވެ

23 ސެޕްޓެމްބަރ 2018 ގައި ނެގި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ޕީޕީއެމް އިން ކޮންމެ ރެއަކު މުޒާހަރާކުރަމުންދާއިރު ކޯލިޝަނަށް ތާއިދުކުރާ ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ރައީސް ޔާމީން އަށާއި ޕީޕީއެމްއަށް ފާޑުކިޔަމުންނެވެ