English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގެ ‘ކޮށިފަންނު ސަރަހައްދު’ ވަރަށް ބޮޑަށް ގިރައިގެން ގޮސް އެ ސަރަހައްދުން އިންސާނުންގެ ކަށިތަކެއް ފެނިއްޖެއެވެ

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މީދޫ ވަށައިގެން ވަރަށް ބޮޑަށް ގިރެމުންދާއިރު ކޮށިފަންނު ސަރަހައްދުވެސްވަނީ ވަރަށް ބޮޑަށް ގިރައިގެން ގޮސްފައެވެ. އެ ސަރަހައްދުން މިއަދު އިންސާނެއްގެ ފަސް ގަބުރު ފެނިފައިވާއިރު އޭއޯ އަށް މައުލޫމާތު ދެމުން އެ ގަބުރުތައް އެންމެ ފުރަތަމަ ފެނުނު އިބްރާހިމް ރަޝީދު ބުނީ އެއީ ކުރިން މީދޫ ކޮށިފަންނު ގަބުރުސްތާނު ކަމަށެވެ.”އަބަދުވެސް ރަށް ގިރާ ދުވަސްވަރު މި ސަރަހައްދުން އިންސާނުންގެ ކަށިތައް ފެނޭ. ދެން މިއަދުވެސް ހިތަށް އެރި އެ ސަރަހައްދު ބަލާލާނީއޭ. އެކަމަކު މިއަދު އެ ސަރަހައްދުން ފަސް ގަބުރު ފެނުމުން ކަމާ ބެހޭ ފަރާތްތަކަށް އެންގީ” އިބްރާހީމް ރަޝީދު ބުންޏެވެ

.

މީގެ އިތުރުން މީދޫ އިން ވާހަކަދެއްކި އެހެން މީހަކު ބުނެފައިވަނީ އެ ސަރަހައްދު މޫދުންވެސް ބައެއް ފަހަރު އިންސާނުންގެ ކަށިތައް ފެންނަމުންދާކަމަށެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އަދި އެކަށިތައް އެ ސަރަހައްދުން ނަގާފައެއް ނުވެއެވެ