English Edition
Dhivehi Edition
Mount Agung volcano erupts, as seen from Kubu, Karangasem Regency in Bali, Indonesia on June 29, 2018. REUTERS/Johannes P. Christo

މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމެއް ފަހު ސުނާމީ އެރި އިންޑޮނޭޝިއާގެ ޕަލޫ ގައި ހުރި އަލިފާން ފަރުބަދަ ގޮވަން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ

ޕަލޫގެ އުތުރުގައި ހުންނަ މައުންޓް ސޮޕޫޓަން މިހާރު އަލިފާން ފައިބަމުންދާއިރު އެ ފަރުބަދައިން އަންނަނީ ބޯކޮށް ދުން އަރަމުންނެވެ. އިންޑޮނޭޝިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ފަރުބަދަ ގޮވާފާނެ ކަމުގެ ނިޝާންތައް މިދިޔަ އޮގަސްޓް މަހުން ފެށިގެން ފެންނަމުން އަންނަ ކަމަށެވެ

ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރުގެ ލެވަލް ހަތަރު ވަނަ ދަރަޖަ އަށް ޖައްސާފައިވާއިރު ފަރުބަދަ ހުންނަ ސަރަހައްދާއި ކައިރިވުން ވަނީ މަނާކޮށްފައެވެ.އެހެންނަމަވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުން ސަރަހައްދު ދޫކޮށް ދިއުމަށް އަދި ކަމާބެހޭ ފަރާތްތަކުން އަންގާފައެއް ނުވެއެވެ

މި ދުވަސްކޮޅު އިންޑޮނޭޝިއާއަށް ވަރަށް ކައިރިކައިރީގައި ގިނަ ބިންހެލުންތަކެއް އައިސް ގުދުރަތީ ގިނަ ހާދިސާތަކާއި ކުރިމަތިލާން ޖެހިފައިވާ އިރު އެ ގައުމަށް އެރި ސުނާމީގައި 1300 މީހުން މަރުވެ ގިނަ ބަޔަކުވަނީ ހާލުގައި ޖެހިފައެވެ.