English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

ރޭ މާލެ ގަޑިން 11:40 ހާއިރު އިންޑޮނީޝިއާގެ އައްސޭރި ފަށަށް އައި ބިން ހެލުމުގެ އަސަރު މާލެއަށް ކޮށްފިއެވެ.

އެންމެ ފުރަތަމަ މެޓު އޮފީހުން ބުނީ އިންޑޮނީޝިއާގެ އައްސޭރި ފަށުން ނިކޮބާރު އައިލޭންޑްސް އަށް ރިކްޓަ މިންގަނޑުން 6.2 ގެ. ބާރިނުގައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށެވެ. އެހެންނަމަވެސް ފަހުން މެޓުން ވަނީ ބިން ހެލުމުގެ އަސަރު ރާއްޖެއަށްކޮށްފައިވާކަމަށް ބުނެފައެވެ.

އެގޮތުން މެެޓުން ބުނީ މި ބިންހެލުމުގެ ލޮޅުންތައް މާލެ އާއި ހުޅުމާލެއަށް ކޮށްފައިވާކަން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ގދ.ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުމުގެ ރެކޯޑުކުރާ މީޓަރަށް ރާއްޖެގަޑިން 23:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރެކޯޑުކޮށްފައިވާ ކަަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ނެތް ކަމަށް މެޓުން ބުނެފައިވާއިރު މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިނުވާނެކަން ވަނީ ހާމަކޮށްފައެވެ.