English Edition
Dhivehi Edition

މިދިޔަ އަހަރު އިލެކްޝަންސް ކޮމިޝަނުން ރައްޔަތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް ނިންމި ނިންމުން އިއްޔެ ބަދަލުކޮށް އެ މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ރޭ ބާތިލްކޮށްފިއެވެ

އީސީގެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ މައްސަލައާ މެދު ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެގޮތަށް އެކަން އޮއްވައި އަދި އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އީސީ އަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް ވަކި ގޮތެއް ނިންމުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން މަޖިލީހުގެ މަސައްކަތެއްގައި އެ 12 މެމްބަރުންނަށް ބައިވެރިނުވެވޭނެކަމަށް ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ

މީގެ އިތުރުން އެ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް އެހެން މުއައްސަސާއަކުން އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ