English Edition
Dhivehi Edition
މިހާރު ކުރިއަށް ދާ މަޖިލިސް އިންތިޚާބުގެ ވޯޓުލުމުގައި ޝަމްސުއްދީންގައި ހިުރި ފޮއްޓަށް މީހަކު ވޯޓު ލަނީ: ފޮޓޯ ލުބްނާ އޭއޯނިއުސް

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ރަޖިސްޓްރީ އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ރަޖިސްޓްރީ އާންމުކޮށްފައި ވަނީ މިއަދުއެވެ. އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގެ 9 ވަނަ މާއްދާގައިވާގޮތުގެ މަތިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 ފިރިހެނުންނެވެ. އެއީ ޖުމްލަ 282،755 މީހުންނެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި މި ރަޖިސްޓްރީގައި ހިމަނާފައި ވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ މީޙުންނެވެ.

މި ރަޖިސްޓަރީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ލިބޭނެއެވެ. ޝަކުވާ ބަލައިގަތުމަށް ކޮމިޝަނުން ހަމަޖައްސާފައިވަނީ ޝަކުވާ ފޯމް މެދުވެރިކޮށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްއެންޕީގެ ފަރާތުން ކުރީގެ ދިފާއީ ވަޒީރު މުހައްމަދު ނާޒިމާއި، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އުމަރު ނަސީރާއި ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.