English Edition
Dhivehi Edition
ފެމިލީ ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

އާއިލީ މައްސަލަތަކުގައި ދައްކަންޖެހޭ ސާބިތު ޚަަރަދުގެ ފައިިސާ ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފި އެވެ

އިއްޔެ ފެމެލީ ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޯޓަށް ދައްކަންޖެހޭ ސާބިތު ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު އާންމު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށާއި އެފަދަ މީހުންގެ މައުލޫމާތު ކޮންމެ ތިން މަހަކުން އެއް ފަހަރު އާންމުކުރާނެ ކަމަށެވެ

ދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދުގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައުލޫމާތު ކުރުމުގެ އިތުރުން އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރުމާއި އެކައުންޓް ފްރީޒް ކޮށްގެން ފައިސާ ހޯދުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން ފެމިލީ ކޯޓަށް އޮވެ އެވެ