English Edition
Dhivehi Edition

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމުގެ ހުވާ ކުރެއްވުން ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ހަވާލު ކުރުން ބުއްދިވެރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

މިއަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ ހުވާ ކުރެއްވުން އޮމާންކަމާ އެކު، ރައީސް އަބްދުﷲ ޔާމީނަށް ކުރިއަށް ނުގެންދެވޭ ނަމަ އެކަން ނައިބު ރައީސާއި ހަވާލުކުރެއްވުން ބުއްދިވެރިކަމަށެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވުމަށްފަހު މިހާރު އިންތިހާބު މިނިވަން ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަމުންދާ ވާހަކަތަކަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ ރިކަން ބަދަލު ކުރުމުގެ ކަންކަން އޮމާންކަމާ އެކު ކުރިއަށް ނުގެންދެވޭ ނަމަ ރައީސް ޔާމީން ވެރިކަމުން ދުރު ކުރަން ޖެހޭކަމަށެވެ

ޕީޕީއެމް އިން އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ބުނެ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން އިބޫ ވިދާޅުވީ ބަލި ގަބޫލު ކުރައްވައި، ސިޔާސީ ވާދަވެރިއެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވުމަށް ފަހު ފެނިވަޑައިގަތީ، ރައީސް ޔާމީން ޚިޔާލުފުޅު ބަދަލު ކުރެއްވި މަންޒަރުކަމަށެވެ. އަދި އިންތިހާބުގައި ރައްޔަތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ގައުމު ހަލަބޮލި ނުކުރުމަށް އިބޫ ވަނީ ގޮވާލާފައެވެ

 

.