English Edition
Dhivehi Edition

ކުރިން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހަމަޖައްސައި، ބައި އިލެކްޝަން ނުބާއްވާ ގޮތަށް އީސީން ނިންމައިފި އެވެ

މިއަދު އިލެކްޝަން ކޮމިޝަނުން ބުނީ އެގޮތަށް ނިންމީ ސުޕްރީމް ކޯޓުން އެ 12 ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމަންދެން ކަމަށާއި އެކަން މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ

ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށް ބާރަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ

މިދިޔަ އަހަރު އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ނިންމާ ބައި އިލެކްޝަން ވެސް އިއުލާން ކޮށް ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖަައްސައި ދިނުމަށް ސަރުކާރުންވަނީ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.