English Edition
Dhivehi Edition
މާލޭގައި ހުންނަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - ފޮޓޯ: މުޙައްމަދު ޝަރުހާން (މިހާރު)

ތަހުގީގީ އެކި އިދާރާތަކަށް ފޮނުވި އެއްވެސް ސިޓީއެއް އަދި ރިޕޯޓެއްވެސް އަނބުރާ ގެނެސްފައި ނުވާނެ ކަމަށް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ބުނެފި އެވެ

އެފްއައިޔޫ އިން މިހެން ބުނެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ކޮށްދިނުމަށް އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވާ މަނީލޯންޑްރިންގެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަމަށް ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެފައިވަނިކޮށެވެ

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް މާލީ ގޮތުން ވާ އެހީތައް ބަލަން އުފައްދާފައިވާ އެފްއައިޔޫ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޔުނިޓުން މިހާތަނަށް ތަހުގީގީ އިދާރާއަކާ ހިއްސާކުރި އެއްވެސް ސިޓީއެއް، ރިޕޯޓެއް އަދި މިފަދަ އެއްވެސް މައުލޫމާތެއް އަނބުރާ ގެނެސްފައި ނުވާނެ ކަމަށެވެ.މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މިހާތަނަށް 137 ރިޕޯޓެއް އެކި އެކި ތަހުގީގީ އިދާރާތަކާ ހިއްސާކޮށްފައިވާނެ ކަމަށާއި އޭގެތެރެއިން އެއްވެސް ރިޕޯޓެއް އަނބުރާ ގެނެސްފައި ނުވާނެކަމަށެވެ

އެމްއެމްއޭގެ ފައިނޭންޝަލް ޔުނިޓުން މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއަކާ ހަވާލާދީ އަލްޖަޒީރާއިން މިއަދު ޝާއިއު ކުރި ހަބަރުގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަކަށް، ސެޕްޓެމްބަރު 5 ގައި 648،508 ޑޮލަރު އަދި ސެޕްޓެމްބަރު 10 ގައި އިތުރު 810،635 ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ .