English Edition
Dhivehi Edition

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ

ފާރިސް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ، ކަފާލާތުގެ ދަށުން40،000 ކޯޓުގައި ބެހެއްޓުމުން ހައި ކޯޓުގައި ހިނގަމުންދާ ފާރިސްގެ އިސްތިއުނާފް މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ނިންމަންދެން ފާރިސް ބަންދުން ދޫކޮށްލާފައި ބެހެއްޓުމަށެވެ

ހައި ކޯޓުން މިއަދު ހެނދުނު ފަށާފައިވާ ފާރިސް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް މި ހަފުތާގައި ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށް އެ މައްސަލަ ބައްލަވާ ބެންޗުން މިއަދު ވަނީ އިއުލާން ކުރައްވައިފަ އެވެ

ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ފާރިސްގެ މައްޗަށް ސާބިތުވެފައިވާއިރު، ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް ވެސް ދައުލަތުންވަނީ ފާރިސްގެ މައްޗަށް ކޮށްފައެވެ