English Edition
Dhivehi Edition

ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން މިރޭ އަމުރުކޮށްފި އެވެ

.އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ސޮއި ކުރައްވައި، ނެރެފައިވާ އަމުރެއްގައެވެ

މިހާރު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އަށް ހުކުމް އިއްވީ ގާސިމްގެ ޣައިރު ހާޒިރުގައި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ. އެ ހުކުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ގާސިމް އަބުރާ ރާއްޖެ ވަޑައިނުގަތުމުގެ ސަބަބުން ގާސިމް ޖަލަށް ލާފައެއް ނުވެއެވެ

ގާސިމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ މާޗް 26 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މަސީހުގެ އިތުބާރުނެތް ކަމަށް ވޯޓްލާ މެންބަރުންނަށް އެހީތެރިވެ ދެވަނަ ދައުރަކަށް ހޮވައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެން އެވެ.