ކަފާލާތުގެ ދަށުން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަންކޮށްފި އެވެ
މައުމޫން މިނިވަންކުރަން އަމުރުކުރީ ކަފާލާތުގެ ދަށުން 60،000 ރުފިޔާ ޑިޕޮސިޓެއް ހައި ކޯޓުގައި އެމަނިކުފާނުގެ ފަރާތުން ބެހެއްޓުމުން، މިއަދުގެ އިރާކޮޅުގެ ވަގުތެއްގައެވެ. އެމަނިކުފާނު މިނިވަންވުމުގެ އުފަލުގައި، ގިނަ އަދަދެއްގެ ސަޕޯޓަރުން އެންދެރިމާގެ ކައިރިއަށްވަނީ ޖަމާވެފައެވެ
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ
މިރޭ ކަފާލާތުގެ ދަށުން މައުމޫނު މިނިވަންކުރީ އެމަނިކުފާނު ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެންނެވެ