އެމްއެމްޕީއާރުސީ އިން އެއް ލައްކަ ވިހިހާސް ރުފިޔާގެ ފައިސާގެ އިނާމާއި އެކު ފޭސްބުކް ވީޑިއޯ މުބާރާތެއް ފަށައިފިއެވެ
‘އެޑްވެންޗާސް އޮފް މޯލްޑިވްސް’ ނުވަތަ ‘ދިވެހި އާހިތަ’ މި ނަމުގައި ބާއްވާ މިއަހަރުގެ މުބާރާތާ ބެހޭ ގޮތުން އެމްއެމްޕީއާރުސީ އިން މަޢުލޫމާތުދެމުން ބުނެފައިވަނީ މި މުބާރާތަކީ ރެޑް ބުލް އާއި ގުޅިގެން ބައްވާ ދެ ވަނަ ފޭސްބުކް ވީޑިއޯ މުބާރާތްކަމަށެވެ
މި އަހަރުގެ މުބާރާތައް ވީޑިއޯ ހުށައަޅަން ބޭނުންވާ ބައިވެރިން، ވީޑިއޯ ހުށައެޅުމަށް ހަމަޖެހިފައި ވަނީ ވިޒިޓް މޯލްޑިވްސް ވެބްސައިޓު މެދުވެރިކޮށް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު ދެ ގަޑި ސުންމިނެޓާއި ހަމައަށެވެ. އަދި ބައިވެރިން ހުށައަޅާ ވީޑިއޯތަކަށް ވޯޓުލުމަށް ފުރުސަތު 28 ނޮވެމްބަރުން 4 ޑިސެމްބަރުގެ ލިޔަލަށް ހުޅުވާލާނެކަމަށް އެމްއެމްޕީއާރުސީ އިންވަނީ ބުނެފައެވެ
ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭ ތަފާތު ކަންކަމުގެ މައްޗަށް ތައްޔާރު ކުރާ 1 މިނެޓުގެ ވީޑިއޯ ކްލިޕު ހެދުމުގެ، މިއަހަރުގެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ޔޫ ރޯ ސްޓޯރު އަދި ޓެކް ސްޓްރީޓެވެ
ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ކަންކަން މާކެޓުކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މުބާރާތުގައި ސާފުކުރުމާއި ސްނޯކުލިންގ ފަދަ ކަންތައްތައް ހިމަނައިގެން ވީޑިއޯ ތައްޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ
އެޑްވެންޗާސް އޮފް މޯލްޑިވްސްގެ އެންމެ މޮޅު ވީޑިއޯ ތައްޔަރު ކޮށް ހުށައަޅާ ފަރާތަކަށް އެއްލައްކަ ވިހި ހާސް ރުފިޔާގެ އިނާމެއް ހުށައަޅާފައިވާ އިރު، އެންމެ މޮޅު 10 ވީޑިއޯ އެމްއެމްޕީއާރުސީީގެ އޮފިޝަލް ޓުވިޓާ ޕޭޖުގައި ފީޗާ ކުރުމަށް ވަނީ ހަމަޖެހިފައެވެ