English Edition
Dhivehi Edition
ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު

އެމްއެމްޕީއާރުސީގެ އެމްޑީ ކަމުން ފާތިމަތު ތައުފީގު(ކުޑީ) ވަކިކޮށްފިއެވެ.

ފާތިމަތު ތައުފީގު، އެ މަގާމުން މިއަދު ވަކިކޮށްފައިވާއިރު، މިކަމާއި ގުޅިގެން އަދި އޭނާގެ ފަރާތުން އަދި އެއްވެސް ރަސްމީ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން މި މައްސަލައިގައި މިހާތަނަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބަހެއް ލިބިފައެއް ނުވެއެވެ.

ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު ވެސްވަނީ އިއްޔެ މަގާމުން އިސްތިއުފާ ދީފައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުކަމަށް ފާތިމަތު ތައުފީގު އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.